Monday, November 16
ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާއަށް ބޭސްފަރުވާ ކޮށްދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި
ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވާއިދު އިސްލާހުކޮށް، ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފިއެވެ.

ފުލުހުންގެ ވަޒީފާގެ ގަވާއިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކޮށްދިނުމުގެ އިތުރުން، އެފަދަ އޮފިސަރުންގެ ޖަނާޒާ ޚާއްސަ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމުގެ އިޚްތިޔާރުވެސް ވަނީ ދީފައެވެ. ނަމަވެސް، ޖަނާޒާ ވަކި ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމާމެދު ގޮތެއް ނިންމާނީ އޮފިސަރު ނިޔާވި ހާލަތަށާއި، ހާދިސާ ހިނގި ގޮތުގެ އިތުރުން މުވައްޒަފު އަދާކުރި ދައުރަށް ބެލުމަށްފަހު، އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑަށް ހުށަހަޅައިގެން އެ ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.

މި އިސްލާހު ގެނެސްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި 2019 އިން 2024 އަށް ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ބޭސްފަރުވާއަށް 618.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެ މުއްދަތުގައި ފުލުހުންގެ ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރަކު އެވްރެޖްކޮށް 24 އިންސައްތަ އިތުރުވެފައިވާތީ، ދައުލަތުން ކުރާ ޚަރަދު ކޮންޓްރޯލްކޮށް ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި އެ ސީކީމް މުރާޖައާކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު