ރިހަ ފޮޅި އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ދިވެހިވަންތަ ހެދިކާ އެކެވެ. ތެލުލި ހެދިކާ ކާން ބޭނުންނުވާ މީހުންނަށް ރަނގަޅު އެއްޗެކެވެ. ރޯދަ ވީއްލާ ގަޑިއަށް ހެދިދާނެ މީރު ހެދިކާއެކެވެ.
ފެން ފޮޅި ހެދުމަށް ބޭނުންވަ ތަކެތި
- 1 ޖޯޑް ފުށް
- ފެން
- ލޮނު
- ރީނދޫ
- މަސްގަނޑަށް ބޭނުންވާ ތަކެތި:
- 1 އަރި ވަޅޯ މަސް
- ½ ދަޅު މަސް ދަޅު
- 1 ބޮޑު ފިޔާ
- 2 ލޮނުމެދު
- ރަހަލާވަރަށް އިނގުރު
- މިރުސް
- ހިކަނދިފަތް
- 1 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
- ގިތެޔޮ މިރުސް
- 1 މޭޒުމަތީ ސަމްސާ ހަނާކުރި ހަވާދު މުގުރާފައި
- ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
- ތެޔޮ ފޮދެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފެން ފޮޅި ފިހުމަށް ފުށާ، ފެނާއި ލޮނު އަދި ރީނދޫ އަޅައިގެން ގިރާލުމަށް ފަހު ތަވާ މަތީގައި ތުނިކޮށް ފަތުރާލާފައި ފިހެލާށެވެ. ފިހޭނީ އެއް ފުށުން މަތީގައި ހުންނަ ފުޅުގެ ރޯ ފިލުވާލެވޭވަރަށެވެ.
މަސްގަނޑު ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފިޔާ، މިރުސް، ލޮނުމެދު، އިނގުރު ހިކަނޑިފަތް އަޅާލުމަށް ފަހު ތެޔޮފޮދެއްގައި ފިޔާގަނޑު ރަތްކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް އަދި މަސް ހިމުންކޮށްފައި އަޅައިގެން ހަނާކުރާށެވެ. އެއަށްފަހު ހަވާދު އަޅައިގެން ރަނގަޅަށް ރޯފިލުވާލާށެވެ. ރަނގަޅަށް ފެން ހިނދޭވަރަށް ކައްކާ ރޯފިލުވާ ލޮނު ރަހަ ހެޔޮވަރުކޮށްލާށެވެ. މަސްގަނޑު ތެތް ކުރަން ބޭނުންނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ.
އެއަށް ފަހު ފިހެފައި ހުރި ފޮޅީގެ ތެރެއަށް މަސްގަޑު އެޅުމަށް ފަހު އޮޅާލާށެވެ.
މި ލިޔުން ކިޔާލުމުން