ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުންނާ ގިނަ ކުންފުނި ތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީ ކުރަމުން އަންނަ ހައުސިންގް މަޝްރޫއުތަކުން އެޕާޓްމަންޓު ވިއްކޭނީ (އެޗްޑީސީ) އިން އެ އެޕާތްމެންޓް ވިއްކުމުގެ ހުއްދަ ދިނުމުން ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ އެޕާޓްމަންޓްތައް ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދާނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތާއި އެޕާޓްމަންޓް ގަންނަ ފަރާތާ ވެވުނު އެއްބަސްވާ ގޮތެއްގެ މަތިން ކަމަށާއި އެހެން ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދެވޭނީ އިމާރާތް ކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
"އެޕާޓްމަންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނިންމައި، އެޗްޑީސީ އިން އެކަމުގެ ހުއްދަ ހޯދުމަށްފަހު. އެހެން ކަމުން އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން، ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނުނެގޭނެ،" އެޗްޑިސީގެ އިއުލާނުގައި ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ ބުކިން ފީގެ ގޮތުގައި ގިނަވެގެން 50،000ރ. ރީފަންޑަބަލް ފީއެއް (އެޕާޓްމަންޓްގެ ޖުމްލަ އަގަށް އުނި ކުރެވޭ ގޮތަށް) ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވެލޮޕަރުންނަށް ލިބޭ ކަމަށެވެ.
އޭގެއިތުރުން އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި، ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ހުރިހާ ރެސިޑެންޝަލް އިމާރާތެއް ވިއްކުމުގައި ވެސް އަމަލު ކުރާނީ އުސޫލުގެ ދަށުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އަސޭރިއާ ޕްރޮޖެކްޓްގެ އެޕާޓްމަންޓުތަކަށް ބުކިން ފީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން އެއް މިލިއަން ރުފިޔާގެ (950،00 ރުފިޔާ ރީފަންޑަބަލް) ފީއެއް ނެގުމުގެ ހުއްދަ ޑިވެލޮޕަރުންނަށް ލިބެ އެވެ.
އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނުނިމުނު ނަމަވެސް، އެޗްޑީސީ އާއި ޑިވެލޮޕަރާއި ދެމެދު އުފައްދާފައިވާ އެކްސްރޯ އެކައުންޓަކަށް ފައިސާ ޖަމާ ކޮށްގެން އެ ޕްރޮޖެކްޓުގެ އެޕާޓްމަންޓް އާންމުންނަށް ގަނެވިދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހުޅުމާލޭގައި އެޕާޓްމަންޓްތައް ގަތުމުގެ ނަމުގައި ބޮޑެތި ސްކޭމްތަކެއް ހިންގާފައިވެ އެވެ.
މި ލިޔުން ކިޔާލުމުން