ރާއްޖޭގެ ދެކުނުން އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގަން ދޫކޮށްފައި އޮންނަ ޑިއެގޯ ގާސިއާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބިއޮންޑުގެ ޗާޓަރު ފުލައިޓެއް އަޅައިފި އެވެ.
ޑިއެގޯ ގާސިއާ އިން ހުޅުލޭގައި އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި ދަތުރުކުރީ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން "ބިއޯންޑު"ގެ ބޯޓެއްގަ އެވެ.
ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކާއި އެއާޕޯޓުތަކަށް އައިސްގޮސްވާ ބޯޓުތަކުގެ ތަފުސީލު ފެންނަ ސައިޓުތަކުން ދައްކާގޮތުން މި ބޯޓު ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޑިއެގޯ ގާސިއާއިން ވީއައިއޭ އަށް ދަތުރުކުރީ ބިއޮންޑުގެ "B4 3101" ނަމްބަރު ފުލައިޓެވެ. އެ ބޯޓު ވީއައިއޭގައި ޖެއްސީ ރޭ 7:14 ގަ އެވެ.
އަސްކަރީ މަރުކަޒުން ރާއްޖެއަށް ބިއޮންޑްގެ ފްލައިޓް ދަތުރުކުރި ސަބަބެއް، އަދި ޗާޓަރު ކުރީ ކޮން ބައެއް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް، "ބިއޯންޑް" އިން މީގެ ކުރިން ވެސް އެކި ބޭނުންތަކަށް ފްލައިޓްތައް ޗާޓަރަށް ދޫކޮށްފައިވެ އެވެ. ސީރިއާގައި ތިބި ދިވެހިން ގެނައުމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވެސް އެ އެއާލައިންގެ ފްލައިޓެއް ޗާޓަރު ކޮށްފައިވެ އެވެ.
ޑިއެގޯ ގާސިއާއަކީ ރާއްޖޭގެ ދެކުނުން އޮންނަ ޖަޒީރާ ރަށްފަތި ކަމަށްވާ ޗާގޯސްގެ ރަށެކެވެ. އެތަނުގައި އެމެރިކާ އަސްކަރިއްޔާއިން އަސްކަރީ މަރުކަަޒެއް ގާއިމުކުރީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ ތެރެއިން، އިނގިރޭސިވިލާތުން އިސްތިއުމާރީ ބާރު ހިންގާ މި ރަށްތަކުގައި ދިރިއުޅުނު މަދު ރައްޔިތަކު ވަނީ މޮރިޝަސް އަށް ގަދަކަމުން ބަދަލުކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން