ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ ދިވެއްސަކަށް ނޫން ކަމަށާއި އެފދަ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ދިވެއްސެއް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިމިގްރޭޝަނުން ވަނީ އެއީ ދިވެއްސެއް ނޫންކަމަށް ޔަޤީންކޮށްދީފައެވެ. އަދި މިއަދު ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިރެއްގައި އެނަންކިޔާ މީހަކަށއ ދިވެހި ޕާސްޕޯޓް ހައްދާފައިވާ މީހެއް ނޫންކަމަށެވެ.
އަދޖ އިމިގްރޭޝަންގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.
އެހެންކަމުން މިނިސްޓްރީން ވަނީ މިފަދަ މައްސަލަތަކުގައި ޚަބަރު ފަތުރާއިރު ސައްހަ މައުލޫމާތު ފެތުުރުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން