Saturday, October 31
ހއ. އަތޮޅުގައި ކުރުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ހއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅުގެ ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކާއެކު ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅު ކައުންސިލް މެމްބަރުން ވަނީ އެ ވުޒާރާގެ މުވައްޒަފުންނާއި ވަޒީރު އާދަމް ޝަރީފަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު