Saturday, October 31
އަމިއްލަ ގްރީންހައުސް ޤާއިމްކުރުމަށް ހަ ދަނޑުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, އެސްޑީއެފްސީ އާއިއެކު ހުޅުވާލި ގްރާންޓް ސްކީމްގެ ދަށުން، ދަނޑުވެރިންގެ އަމިއްލަ ގްރީންހައުސް ޤާއިމްކުރުމަށް 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ޕްރޮޖެކްޓްގެ ފަރާތުން ތަޢާރަފް ކުރެވުނު ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން ވިޔަފާރިއެއްގެ ސިފައިގައި ކުރިއަށްގެންދިއުމަށްޓަކައި މި ސްކީމް ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ގެ ތެރޭގައެވެ. އެ ފުރުސަތުގެ ތެރޭގައި 68 ފަރާތަކުން ގްރާންޓަށް އެޕްލިކޭޝަން ފޮނުވިއެވެ. އިތުރު 16 ފަރާތެއްގެ އެޕްލިކޭޝަންތައް ބަލަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ.

އަދި މެޕް ގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު