އާދިއްތަ, November 15
އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ ދިވެއްސަކަށް ނޫން: އިމިގްރޭޝަން

އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ ދިވެއްސަކަށް ނޫން ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން، ލަންޑަންގެ ކޯޓަކުން ޙުކުމެއް ކޮށްފައިވާ ކަމަށް ބުނެ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ފެތުރިފައިވާ ޚަބަރުތަކާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

މިގޮތުން އިމިގްރޭޝަނުން ބުނީ މި މައްސަލައާ ގުޅިގެން ލަންޑަނުގެ ކޯޓަކުން ޙުކުމްކޮށްފައިވާ މީހާއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ފަރާތެއް ނޫން ކަމުގައެވެ.

އެހެންކަމުން މިފަދަ މައްސަލަތަކުގައި ޞައްޙަ ނޫން މަޢުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މަޢުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު