މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މީހާ ހައްޔަރު ކުރީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
މި ޖުލައި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ދެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެތަނުން އެއް ގެއިން ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ގއ. ނިލަންދޫ / މާޑު، މުޢާވިޔަތު އަޙްމަދު (30އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން