Saturday, October 31
ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައި، ދެ ޤައުމުން، ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ މަޝްވަރާތަކުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީ، ދިފާޢީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ޤައުމުން މަޝްވަރާކުރައްވާފައިވެއެވެ.

ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ޤާބިލުކަން އިތުރުކުރުމާއި، ސިއްޙީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމަށް، ރައީސާއި ބޮޑުވަޒީރު، އިއްތިފާގުވެވަޑައިގަންނަވަމުންވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު