ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ ޝަހީމު މިފަދައން ވިދާޅުވީ މިއަދު އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވި އިމާމުންނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނުގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައްދަލުވުމުގައި ވަޒީރު ވަނީ ގިނަ އަދަދެއްގެ އިމާމުން ދަސްވެނިވެފައިވާތީ އެކަމާ އުފާކުރައްވާ، އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފައެވެ. މީގެއިތުރުން، އިމާމުންނަކީ މަތީ ތަޢުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ވުޒާރާގެ އަޒުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނޭއްގާނީ ފިކުރުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ ޢިލްމު އުނގަންނައިދީގެން," ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އިމާމުން ވަނީ އެ ފަރާތްތަކަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ވަޒީރާ ހިއްސާކޮށްފައެވެ. މި ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމަށް ވަޒީރު ވަނީ ޔަގީންކަން ދެއްވާފައެވެ
މި ލިޔުން ކިޔާލުމުން