Monday, November 2
ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑެމީން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. "ދިވެހިބަހުގެ ހަވީރު" ގެ ނަމުގައި މިއަދު ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވުނު މި ހަރަކާތަށް ގިނަ އަދަދެއްގެ ރައްޔިތުން ޒިޔާރަތްކޮށްފައިވެއެވެ. ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ.

މި ހަވީރުގައި މާލެ ސަރަހައްދުގެ ޕްރީ ސްކޫލްތަކުން ބައިވެރިވެ، ތަފާތު ސްޓޯލްތައް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުގައި ދިވެހިބަހާ ގުޅުންހުރި އެކިއެކި ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

މި ހަވީރުގައި ދިވެހިބަހުން ލިޔެފައިވާ ވާހަކަތައް ކިޔުމާއި ސްޓޭޖުގައި ހުށަހެޅުމުގެ ފުރުސަތުތަކާއި ސްޓޯލްތަކުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާ ކުދިންނަށް ހަދިޔާ ދޭގޮތަށް މިހަވީރުގައި ވަނީހ ހަމަޖައްސާފައެވެ.

"ދިވެހިބަހުގެ ހަވީރު" ބޭއްވިފައިވަނީ ދޮންދޫނި ލިޓްލް ލާނަރސް، މާފަންނު މަދަރުސާ، ފަލާޙު ޕްރީ ސްކޫލް އަދި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމާ އެކުގައިކަމަށް ދައުލަތުގެމީޑިއާއަށް ދެއްވި މައުލޫމާތުގައި ބަހުގެ އެކެޑަމީއިން ވަނީބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު