އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މެޗުން 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް ބަލިކޮށް، ބްރައިޓަން އެންޑް ހޯވް އެލްބިއަން އިން ވަނީ މި ސީޒަނުގައި އާސެނަލް ދަމަހައްޓަމުން އައި ފުރިހަމަ ރެކޯޑަށް ނިމުމެއް ގެނެސްފައެވެ.
ލީގު ދިފާއުކުރުމުގެ މަސައްކަތުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެގެން ދިޔަ މިކޭލް އާޓެޓާގެ އާސެނަލްގެ ޑިފެންސް ފޫއަޅުވާލައި، ފަބިއަން ހުރްޒެލާގެ ބްރައިޓަން އިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމެއް ދައްކައި، 31 ވަނަ މިނެޓުގައި ޕަސްކަލް ގްރޮސް އަދި ހާފު ނިމެން އުޅެނިކޮށް ޗަރަލަމްޕޮސް ކޮސްޓޫލަސް ކާމިޔާބުކުރި ލަނޑުތަކާއެކު ބްރައިޓަންއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.
ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ޗެމާ އެންޑްރެސް ބޮލުން ޖެހި ލަނޑާއެކު ބްރައިޓަންގެ ލީޑު އިތުރަށް ފުޅާކުރިއިރު، މިއީ އޭނާ ޕްރިމިއާ ލީގުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުން މޮޅުވެ، ބްރައިޓަން ވަނީ އާސެނަލްއާ ދެ ޕޮއިންޓުގެ ފަރަގަކާއެކު ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ.
މި ލިޔުން ކިޔާލުމުން



