އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރި ހަނގުރާމައިގައި، ޕެންޓަގަނުން އާންމުކޮށް ހާމަކޮށްފައިވާ އަދަދަށްވުރެ ގިނަ އެމެރިކާ ސިފައިން މަރުވެފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. ނަމަވެސް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އެ ނޫހުގެ ރިޕޯޓު ދޮގުކުރައްވާފައެވެ.
ނަން ހާމަކޮށްފައިނުވާ ފަސް އޮފިޝަލަކާ ހަވާލާދީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރިއްޔާގެ މަދުވެގެން 22 މީހަކު ވަނީ މަރުވެފައެވެ. މިއީ ޕެންޓަގަންގެ ރަސްމީ ޑޭޓާބޭސްގައި ރެކޯޑުކޮށްފައިވާ އަދަދަށްވުރެ ހަތަރު މީހުން އިތުރު އަދަދެކެވެ.
މީގެ އިތުރުން، ހާމަނުކޮށް ހުރި ހުރިހާ މަރަކީ ސީދާ ހަނގުރާމައިގެ ތެރޭގައި ހިނގި ކަންކަމާ ގުޅުންހުރި މަރުތަކެއް ނޫން ނަމަވެސް، އެއީ ހަމަނުޖެހުންތަކުގެ ތެރޭގައި މެދުއިރުމަތީގައި ހަރަކާތްތެރިވި ސިފައިން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ރިޕޯޓަކީ "ބޮޑު ދޮގެއް" ކަމަށް ވިދާޅުވެފައިވާއިރު، މަރުވި މީހުންގެ އަދަދާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދޭން ޕެންޓަގަނުން ވަނީ ދެކޮޅު ހަދާފައެވެ.
މި ލިޔުން ކިޔާލުމުން



