ޚަރަދު ކުޑަކޮށް، ފަސޭހައިން ގޭގައި ތައްޔާރުކުރެވޭ މީރު ފޮނި ކާއެއްޗެއް ހޯދަން ބޭނުންވާ ފަރާތްތަކަށް މިލްކީ އަނބުޖެލޯ އަކީ ރަނގަޅު ޙައްލެކެވެ. މި ވައްތަރު ތައްޔާރުކުރުމަށް ބޭނުންވަނީ މަދު އަދަދެއްގެ ތަކެއްޗެވެ.
މި ވައްތަރު ތައްޔާރުކުރުމަށް ބޭނުންވާ މައިގަނޑު ތަކެތީގެ ތެރޭގައި
- ދެ އަނބު،
- ހަކުރު،
- އަގަރްއަގަރް (ޖެލެޓިން ފުށް)،
- ރޯކިރު އަދި
- ހިކިކިރު
- އަނބުގެ ބަދަލުގައި އޮރެންޖު ބޭނުންކޮށްގެންވެސް މި ވައްތަރު ތައްޔާރުކުރެވިދާނެ
އަނބު ކޮށާލުމަށްފަހު މިކްސްޗަރުގައި ދެސަމުސާވަރުގެ ކުޑަފެންފޮދެއް އެޅުމަށްފަހު ގިރާލާށެވެ. ސާފު ޖޯޑަކަށް ޖޫސް ފުރޭނުމަށްފަހު، ކުޑަ ތެއްޔަކަށް އަޅާށެވެ. އޭގެ ތެރެއަށް 3 ސަމުސާގެ ހަކުރާއި، ކުޑަ ސަމުސާއެއްގެ އަގަރްއަގަރް އަދި 1 ސަމުސާގެ އަނބު އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މަޑު އަލިފާނުގައި 3 މިނެޓާއި 5 މިނެޓު ވަންދެން ކައްކާށެވެ. ދެން ތަށްޓަކަށް އަޅައި ފިނިވަންދެން ބަހައްޓާފައި، އައިސްއަލަމާރީއަށް ލާށެވެ.
ދެން ތެއްޔެއްގައި ދޮޅު ޖޯޑުގެ ރޯކިރު އަޅާށެވެ. އޭގެތެރެއަށް 1/3 ޖޯޑުގެ ހަކުރާއި، 1/3 ހިކިކިރު އަދި 1.25 ސަމުސާގެ އަގަރްއަގަރް ޖެލަޓިން އަޅައި ރަނގަޅަށް އެއްކުރަމުން 1/2 ސަމުސާގެ އަނބު އެސެންސް އިތުރުކުރާށެވެ. 5-6 މިނެޓު ވަންދެން މަޑު ގިނީގައިކެއްކުމަށްފަހު އުނދުނުން ނަގައި، ތަށްޓަކަށް އަޅާލާށެވެ.
އައިސްއަލަމާރީގައި ހުރި އަނބު ޖެލީ ތަށި ނަގައި، ވަޅިއަކުން ކުދިކުދި އެތިކޮޅުތަކަށް ކަފާލާށެވެ. މި ޖެލީ އެތިކޮޅުތައް، ތަށްޓަކަށް އަޅާފައި ހުރި ކިރުގެ ތެރެއަށް ރީތިކޮށް އަތުރާލާށެވެ. މިހާރު މި ތައްޔާރުކުރެވުނު މިލްކް ޖެލީ ދޮޅު ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ބެހެއްޓުމަށްފަހު، ޓްރޭއަކަށް ނުވަތަ ތިލަ ތަށްޓަކަށް ނަގައި ސަރވް ކުރާށެވެ.
މި ލިޔުން ކިޔާލުމުން