މޯލްޑިވްސް ކޮމިފިކޭޝަން ގަބޫލުކުރާ ފެންވަރަށް ރަންރިހީގެ މަސައްކަތް ރިނބުދޫގައި ކުރެވޭނެ ނިޒާމެއް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރިނބުދޫ އަށް ވަޑައިގެން އެރަށު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިނބިދޫ އަކީ ރަނރިހީގެ މަސައްކަތަށް މަޝްހޫރު އެކަމުގެ ހުނަރު ވެރިން ތިބި ނަމަވެސް އާބާދީ ކުޑަވެ ޒުވާނުން މިދާއިރާއަށް ޝައުގުވެރިވާ މީހުން މަދުކަމުން މި މަސައްކަތް އުވިދިޔަ ނުދީ ކުރިއަރުވަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ދިވެހިންގެ ކުރީގެ މަސައްކަތްތައް ދިރުވާ އާލާކޮށް، އެ މަސައްކަތް ނެތިގެން ނުދާނެގޮތަށް އަތްތެރި މަސައްކަތް ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުގެ ވިސްނުމަކީ މިރަށުގައި ކޮލިފިކޭޝަން އޮތޯރިޓީއިން ކަނޑައަޅާ ސެޓްފިކެޓް ލިބޭގޮތަށް ރަންރިހީގެ އަތްތެރި މަސައްކަތް ދަސްކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް ދިނުން – ރައީސުލްޖުމްހޫރިއްޔާ#RayyithunGaathah #DhaaluVisit pic.twitter.com/reHo7nccqE
— The President's Office (@presidencymv) February 25, 2025
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެފިކެޓް ލިބޭނެގޮތަށް އެ މަސައްކަތް ދަސްކޮށްދޭނެ މަރުކަޒެއް ޤާއިމްކުރުންކަމަށެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މިއީ ރަށަށް އިޤްތިޞާދީ ފައިދާކުރާނެކަމެއްކަން ރައީސް ފާހގަކުރެއްވިއެވެ.
ރިނބުދޫއަކީ ރަންރިހީގެ މަސައްކަތުގައި ރާއްޖޭގެ އެންމެ މަޝްހޫރު ރަށެކެވެ.
މި ލިޔުން ކިޔާލުމުން