މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ޖާގަ ދިނުމުގެ ގޮތުން، އެތަނުގައި ހުރި ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ނޯޓިސް ދީފިއެވެ.
އެސްޓީއޯއިން ވިޔަފާރިތަކަށް ފޮނުވި ނޯޓިސްގައިވާ ގޮތުން، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ތަންތަން ހުސްކޮށް ހަވާލުކުރަންޖެހެއެވެ. އަދި އެ މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެވުނު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލުވާނެއެވެ.
މީގެއިތުރުން، ދައްކަންޖެހޭ ކުއްޔާއި މަރާމާތު ފީގެ ތަފްސީލާއި އެ ފައިސާ ދައްކާނެ ތާވަލު މި 90 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކުރި މި ފުޑްކޯޓުތަކުގައި ހިދުމަތް ދޭން ފަށާފައިވަނީ މޭ 2018 ގައެވެ. އަދި އެތަން ރަސްމީކޮށް ހުޅުވާފައިވަނީ އެ އަހަރުގެ ޖުލައި 23 ގައެވެ.
މި ލިޔުން ކިޔާލުމުން



