Friday, November 13
ރިނބިދޫ ގެ ރަންރިހީގެ މަސައްކަތަށް އެމްކިއުއޭ ސެޓެފިކެޓް ދެނީ
މޯލްޑިވްސް ކޮމިފިކޭޝަން ގަބޫލުކުރާ ފެންވަރަށް ރަންރިހީގެ މަސައްކަތް ރިނބުދޫގައި ކުރެވޭނެ ނިޒާމެއް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރިނބުދޫ އަށް ވަޑައިގެން އެރަށު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިނބިދޫ އަކީ ރަނރިހީގެ މަސައްކަތަށް މަޝްހޫރު އެކަމުގެ ހުނަރު ވެރިން ތިބި ނަމަވެސް އާބާދީ ކުޑަވެ ޒުވާނުން މިދާއިރާއަށް ޝައުގުވެރިވާ މީހުން މަދުކަމުން މި މަސައްކަތް އުވިދިޔަ ނުދީ ކުރިއަރުވަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ދިވެހިންގެ ކުރީގެ މަސައްކަތްތައް ދިރުވާ އާލާކޮށް، އެ މަސައްކަތް ނެތިގެން ނުދާނެގޮތަށް އަތްތެރި މަސައްކަތް ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެފިކެޓް ލިބޭނެގޮތަށް އެ މަސައްކަތް ދަސްކޮށްދޭނެ މަރުކަޒެއް ޤާއިމްކުރުންކަމަށެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މިއީ ރަށަށް އިޤްތިޞާދީ ފައިދާކުރާނެކަމެއްކަން ރައީސް ފާހގަކުރެއްވިއެވެ. ރިނބުދޫއަކީ ރަންރިހީގެ މަސައްކަތުގައި ރާއްޖޭގެ އެންމެ މަޝްހޫރު ރަށެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު