އާދިއްތަ, November 1
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ބަޖެޓް ދެ ޓްރިލިއަން ޑޮލަރަށް ކުޑަކުރާނަން: އިލޮން މަސްކް

ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ޓްރަމްޕް ދެވަނަ ދައުރަށް އިންތިޚާބުވެއްޖެނަމަ އެމެރިކާގެ ބަޖެޓް ދެ ޓްރިލިއަން ޑޮލަރަށް ކުޑަ ކުރާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.

މީގެ ކުރިން ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ނުކޮށް ހުންނެވި މަސްކް ވަނީ ފާއިތުވި މަސްތަކުގައި ޓްރަމްޕް އަވާހާރަކޮށްލަން ބަޔަކު ކުރި މަސައްކަތްތަކަށް ފަހު، ފާޅުގައި ޓްރަމްޕަށް ތާއީދު ކުރައްވައިފައެވެ. އެއަށްފަހު ޓްރަމްޕް ވަނީ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ މަސްކް އިސްކޮށް ހުންނަވާނެ "ގަވަރމަންޓް އެފިޝަންސީ" ކޮމިޝަނެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މަސްކް އެމެރިކާގެ ބަޖެޓް 2 ޓްރިލަން ޑޮލަރަށް ކުޑަ ކުރާނެ ވާހަކަ ބުނި ނަމަވެސް މި ކަން ކުރާނީ ކިހިނެއް ކަމެއް ނުވަތަ އެ ނުވަތަ ތަންފީޒު ކުރާނީ ވަކި ކޮން ސިޔާސަތުތަކެއް ކަމެއް ވިދާޅެއްނުވެއެވެ.

މީގެ ކުރިން ވެސް އިލޮން މަސްކް ވަނީ އެމެރިކާގެ ދަރަނީގެ މައްސަލައާއި ގުޅިގެން އިންޒާރު ދެއްވާފައެވެ. އަދި އެމެރިކާ ބަނގުރޫޓުވާން ކައިރިވަމުން އަންނަ ކަމަށާއި ދައުލަތުން ކުރާ ޚަރަދުތައް މަދުނުކޮށްފިނަމަ ވަރަށް އަވަހަށް ގައުމު ބަނގުރޫޓުވާނެ ކަމަށް ވެސް މަސްކް ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު