Saturday, October 31
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ ނުތަނަވަސްކަން އިތުރުވެއްޖެ

އިޒްރޭލުން އީރާނުގެ "އަސްކަރީ މަރުކަޒުތައް" ކަމަށް ބުނާ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާ ތަކާ ގުޅިގެން މެދު އިރުމަތީގެ ނުތަނަވަސްކަން އިތުރުވެއްޖެ އެވެ.

އިޒްރޭލުގެ މި ހަމަލާގައި އިރާނުގެ ހަތަރު ސިފައިން މަރުވެ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް އެކި އެކި ގެއްލުންތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އީރާނުގެ ސެމީ އޮފިޝަލް ތަސްނީމް ނިއުސް އޭޖެންސީ އަކަށް މައުލޫމާތު ދެމުން ވިދާޅުވީ އިޒްރޭލުގެ ކޮންމެ "ހަމަލާއަކަށް" ރައްދު ދޭން އީރާން ތައްޔާރަށް އޮތް ކަމަށެވެ. އަދި އިސްރާއީލުން ދޭ ކޮންމެ ހަމަލާ އަކަށް އެ ގައުމުން ރައްދު ދޭނެ ކަމަށް ވެސް ތަސްނީމް ވިދާޅުވިއެވެ.

އިޒްރޭލުގެ އޮފިޝަލަކު ބުނީ އެ ގައުމުގެ އަސްކަރިއްޔާއިން އީރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ސްޓްރެޓެޖިކް ތަންތަނުގައި ހުރި އެސް-300 އެއާ ޑިފެންސް ބެޓެރީތަކަށް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ ރައްދު ދިނުމުގެ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުގެ ކިބައިން އެދިފައެވެ. އަދި އީރާނުން މި ހަމަލާގެ ރައްދުގައި އިޒްރޭލަށް ހަމަލާއެއް ނުދިނުމަށް އެމެރިކާއިން އެދިފައި ވެއެވެ.

އީރާންގެ ވެރިރަށް ތެހެރާންގެ ވަށައިގެން ހުރި މިސައިލް ސައިޓްތަކާއި އަސްކަރީ އެހެން ތަންތަނަށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އާންމު އުސޫލާ ވެސް ހިލާފް އަމަލެއް ކަމަށް ބުނެ އަރަބި އަދި އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ އިޒްރޭލު ކުށްވެރިކޮށްފަ އެވެ. އަނެއްކޮޅުން، ހުރިހާ ގައުމަކުން ވެސް ދަނީ މިހެން ހަމަލާ ދީގެން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސް ނުކުރުމަށް ގޮވާލަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު