އާދިއްތަ, November 1
އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ވެރިޔާ މަރާލައިފި

އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އެންމެ އިސް ކޮމާންޑަރު މަރާލާފައިވާ ކަމަށް އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިދިޔަ ހަފުތާގެ ފަހުކޮޅު ނެރުނު ބަޔާނެއްގައި ވެސް ޖާސިމް އަލް މަޒްރޫއީ ނުވަތަ އަބޫ އަބްދުލް ޤާދިރު މަރާލާފައިވާކަން ކަށަވަރު ކޮށދީފައި ވެއެވެ.

އެކްސްގައި އިރާގުގެ ބޮޑުވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގައި އެސްއޯ މަރާލުމާއި އެ ޖަމާއަތުގެ އިސް ވެރިންގެ މަރާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަލް ސޫދާނީ ފާހަގަކުރެއްވި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިރާގުގެ އިރުއުތުރުގެ ހަމްރިން ފަރުބަދަތަކުގައި ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑް (ޖޭއޯސީ)ގެ ބެލުމުގެ ދަށުން އެގައުމުގެ ކައުންޓަރ ޓެރަރިޒަމާއި ގައުމީ ސަލާމަތީ ހިދުމަތްތަކުންނެވެ.

ޖޭއޯސީން ބުނީ އައިއެސްގެ ކޮމާންޑަރުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނަށް "ގްލޯބަލް ކޯލިޝަން" ސިފައިންގެ ފަންނީ އެހީތެރިކަމާއި އިންޓެލިޖެންސްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

އައިއެސްއާ ދެކޮޅަށް އިރާގު ސިފައިން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކުރީ 2024 ވަނަ އަހަރު އެވެ.

އިރާގުގެ ބޮޑު ވަޒީރު މިދިޔަ މަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިރާގަށް މިހާރު އެމެރިކާގެ ސިފައިން ބޭނުންނުވާ ކަމަށާއި، މިހާރު އިރާގަކީ 2014 އޮތް އިރާގު ނޫން ކަމަށާއި އަދި އެ ގައުމު ހަނގުރާމަތަކުން އަރައިގަނެ ސްޓޭބަލް ވެފަ ވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު