އާދިއްތަ, November 1
ސައޫދީ ޢަރަބިއްޔާއިން 800 ބިލިއަން ޑޮލަރުގެ އިމާރާތެއް އިމާރާތްކުރަނީ

ސައޫދީ ޢަރަބިއްޔާ އިން ދުނިޔޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު އަދި އެންމެ އުސް އިމާރާތް، އިމާރާތްކުރަން ނިންމައިފިއެވެ.

މި އިމާރާތް އެޅުމަށް ނިންމާފައި މިވަނީ ސަޢޫދީ ޢަރަބިއްޔާގެ އެކި ކަންކޮޅުތަކުގައި ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިންނެވެ.

ކިއުބެއްގެ ސްޓްރަކްޗަރގައި ފަރުމާކޮށްފައިވާ މި އިމާރާތުގެ އުސްމިނުގައި ކޮންމެ ފަރާތަކުން ވެސް 400 މީޓަރު ހުންނާނެ ކަމަށާއި، މި އިމާރާތަކީ ނިއުޔޯކްގެ އެމްޕަޔަރ ސްޓޭޓް އިމާރާތަށްވުރެ 20 ގުނަ އުސް އިމާރާތަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއު މުރައްބާ ޕްރޮޖެކްޓްގެ ދަށުން ސައުދީގެ ރިޔާޟްގައި ބިނާކުރާ "މުކާބު" އިމާރާތް ވެގެންދާނި ޓެކްނޮލޮޖީގެ ގޮތުންނާއި، ސަގާފީ ގޮތުން ސައޫދީ އަރަބިއްޔާ ކުރިއަރާފައިވާ މިންވަރު ދައްކައިދޭނެ ޕްރެޖެކްޓެއް ކަމަށް ސައޫދީގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ނިއު މުރައްބާ ޕްރޮޖެކްޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މައިކަލް ބުނީ "މުކާބު" އަކީ ހަމައެކަނި ބިނާކުރެވޭ އިމާރާތެއް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި މި އިމާރާތް ވެގެންދާނީ ސައޫދީގެ ސްކައިލައިން ރިފައިން ކުރުމުގެ ފެށުން ކަމަށެވެ.

ދެ މިލިއަން އަކަ މީޓަރުގެ ފްލޯ ސްޕޭސްއެއް ހުންނަ މި އިމާރާތުގައި 10 އެޓްރެކްޝަން ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، 10 މިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ބިން އެކްސްކެވޭޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު