އާދިއްތަ, November 1
ސައުދީއިން އިލެކްޓްރިކް މަތިންދާބޯޓުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ސައުދީ އަރަބިއާގެ ކޮމާޝަލް ފްލައިޓްތައް ހިންގާ ކުންފުންޏެއް ކަމުގައިވާ ސައުދިއާ އިން އިލެކްޓްރިކް މަތިންދާ ބޯޓުގެ ޚިދުމަތް ފެށުމަށް ޖަރުމަނުގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދިއާ އިން މި އެއްބަސްވުމުގައ ސޮއިކޮށްފައި ވަނީ ޖަރުމަނުގެ ލިލިޔަމް  އޭރޯސްޕޭސް ކުންފުންޏާއެކުއެވެ.

ލިލިއަމްގެ ކޯ ފައުންޑަރ އަދި ޗީފް އިންޖިނިއަރ ފޮރ އިނޮވޭޝަން ޑެނިއަލް ވިގޭންޑް ވިދާޅުވީ ސައުދިއާއިން މިހާރު އިލެކްޓްރިކް 50 ޖެޓަށް އޯޑަރު ކޮށްފައިވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު 50 އިލެކްޓްރިކް ޖެޓު އޯޑަރު ކުރުމުގެ އިޚުތިޔާރު ސައުދިއާއަށް ލިބިގެން ދާނެކަމަށެވެ.

ލިލިއަމްގެ އަމާޒަކީ 2035 ވަނަ އަހަރުގެ ނިޔަލަށް 1000 ކިލޯމީޓަރުގެ ރާސްތާއަކަށް އުދުހުމުގެ ގާބިލުކަން ލިބިގެންވާ 50-80 ސީޓުގެ އިލެކްޓްރިކް މަތިންދާބޯޓަކާއި 2045 ވަނަ އަހަރުގެ ނިޔަލަށް 2000 ކިލޯމީޓަރުގެ ރޭންޖަކަށް އުދުހުމުގެ ގާބިލުކަން ލިބިގެންވާ 100 މީހުންގެ ޖާގައިގެ މަތިންދާބޯޓެއް ތައާރަފު ކުރުމެވެ.

ސައުދީގެ އޮފިޝަލުން މި ހަފުތާގައި ރިޔާޟްގައި ބޭއްވި ގްލޯބަލް ލޮޖިސްޓިކް ފޯރަމްގައި ފުރަތަމަ ފަހަރަށް މި ޖެޓް ދައްކާލާފައިވާއިރު، ޖެޓްތަކުގެ ފުރަތަމަ ޔުނިޓް ހިދުމަތަށް ނުކުންނާނީ 2026 ވަނަ އަހަރު ކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު