އާދިއްތަ, November 1
އިންޑިއާގެ މަޝްހޫރު ޕޮލިޓީޝަން ބާބާ ސިއްދީގު އަވަހާރަ ކޮށްލައިފި

އިންޑިއާގެ މަޝްހޫރު ސިޔާސީ ލީޑަރު ބާބާ ސިއްދީގަށް ބަޑިން ހަމަލާދީ އަވަހާރަ ކޮށްލައިފިއެވެ.

އުމުރުން 66 އަހަރުގެ ބާބާ ސިއްދީގަށް ހަމަލާދީފައިވަނީ އޭނާގެ ދަރިފުޅުގެ އޮފީސް ކައިރީގައި މަޑުކޮށްގެން ހުންނަވަނިކޮށް ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މަހާރާޝްތުރާ ސްޓޭޓްގެ ކުރީގެ ވަޒީރަކަށް ހުންނެވި ސިއްދީގު އަވަހާރަކޮށްލާފައި މިވަނީ އަންނަ މަހު ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

މިދިޔަ ފެބްރުއަރީ ސިއްދީގު، އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސް އިން ވަކިވެ، ވެރިކަން ކުރާ ބީޖޭޕީގެ  ކޯލިޝަންގައި ހިމެނޭ ނޭޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ) އާ ގުޅިވަޑައިގަތެވެ.

ސިއްދީގުގެ މަރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ދަނީ ޕޮލިޓިޝަނުންގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ސަރުކާރުން ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ މި މައްސަލައާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ވައުދުވެފައެވެ.

މި ހަމަލާ ދީފައިވަނީ ސިއްދީގީ އަށް މަރުގެ އިންޒާރު ލިބުމާ ގުޅިގެން އޭނާގެ ސަލާމަތީ ކަންކަން ވަރުގަދަކުރިތާ ހަފްތާތަކެއް ފަހުންނެވެ. މަރުގެ އިންޒާރު އައިސްފައިވަނީ މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ތައްޔާރުވަމުން ދަނިކޮށެވެ.

ސިއްދީގަކީ ބޮލީވުޑްގެ ބޮޑެތި ސްޓާރުންނާއި ގާތް ގުޅުމެއް އޮންނަ އަދި ބޮޑެތި ޕާޓީތައް ބާއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު