އާދިއްތަ, November 1
ސްރީލަންކާގެ އިޤްތިޞާދު ހަމައަކަށް އެޅިއްޖެ : ވޯލްޑް ބޭންކް

ސްރީލަންކާގެ އިޤްތިޞާދަށް 2022 ވަނަ އަހަރު ކުރިމަތިވި ބޮޑު ގޮންޖެހުމަށްފަހު ، އެ ގައުމުގެ އިޤްތިޞާދު ހަމައަކަށް އެޅިފައިވާކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ އިޤްތިޞާދު 4.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ. މިއީ އެ ގައުމުގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ވަރަށްވުރެ އިތުރު އަދަދެކެވެ.

ވޯލްޑް ބޭންކުން ބުނީ ލަންކާގެ އިޤްތިޞާދު އެހާ ބޮޑަށް ކުރިއަރަނީ އިންޑަސްޓްރިއަލް އަދި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވަމުން އަންނާތީ ކަމަށެވެ.

ލަންކާގެ އިޤްތިޞާދު ޑިފޯލްޓްވެ ދަރަނި ނުދެއްކޭ ހާލަތަށް 2022 ވަނަ އަހަރު ދިއުމަށްފަހު، މިއީ އެ ގައުމުގެ އިޤްތިޞާދު ޕޮޒިޓިވް ގްރޯތަކަށް ނުވަތަ ކުރިއަރާ ފުރަތަމަ ފަހަރެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ސްރީލަންކާއިން އަހަރަކު އެކްސްޕޯޓު ކުރާ މުދަލުގެ އަގު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު އޭގެ ސަބަބުން އިތުރު 142،000 އާ ވަޒީފާބއުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ސްރީލަންކާގެ އިޤްތިޞާދު 3.5 ޕަސެންޓުގައި ކުރިއަރާނެއެވެ. އަދި 2026 ވަނަ އަހަރަށް އެ ގައުމުގެ ފަގީރުންގެ ނިސްބަތް 20 ޕަސެންޓަށް ދަށް ކުރެވޭނެއެވެ. މި އަހަރު އެ ގައުމުގެ އިންފްލޭޝަން ފަސް ޕަސެންޓުގައި ހުރިއިރު ޑިމާންޑް އިތުރުވެ އިންފްލޭޝަން އިތުރުވާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު