Saturday, October 31
ލުބުނާނުން އިސްރާއީލަށް 100 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލައިފި

ހުކުރު ދުވަހުގެ މެންދުރުފަހު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އުތުރަށް 100 އަށް ވުރެ ގިނަ ރޮކެޓާއި، މިސައިލް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފިއެވެ.

އައިޑީއެފްއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ލުބްނާނުން ފުރަތަމަ 80 ރޮކެޓް ފޮނުވާލާފައި، ދެވަނަ ފަހަރު 20 ރޮކެޓް ފޮނުވައިލި ކަމާށާއި، އޭގެތެރެއިން ބައެއް ރޮކެޓްތައް ވަނީ ހުއްޓުވާފައި ކަމަށެވެ.

އިސްރާއީލުގެ އުތުރުގައި ރޮކެޓް ހަމަލާދިނުމަށް ބޭނުންކުރަމުން ދިޔަ ހިޒްބުﷲ ލޯންޗަރުތަކަށް އިސްރާއީލުގެ ވައިގެ ސިފައިން ބަޑި ޖަހާފައިވާކަަމަށް ވެސް އައިޑީއެފް އިން ބުނެފައިވެއެވެ.

މި ރޮކެޓް ހަމަލާތަކުގެ ސަބަބުން މީހަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއާއި، ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، އިއްޔެވެސް ވަނީ ލުބުނާނުގެ ބެއިރޫތަށް ހަމަލާދީ 22 މީހުން މަރައިލާ، 117 މީހުން ޒަޚަމުކޮށްލާފައެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާއި، ލުބުނާނުގެ ހިޒްބުﷲ އިން ވެސް އަންނަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު