Friday, October 30
ރ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ރ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ޔުޓިލިޓީގެ އެންމެހައި ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ދޭން ފަށާފައެވެ.

ސްޓެލްކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ރ. އަތޮޅުގެ ޚިދުމަތްތަކާ ހަވާލުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ކަމަށެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި، ރ. އަތޮޅުގެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުންނެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހިންގުމުގެ ޚަރަދު ކުޑަކޮށް، ލާމަރުކަޒީ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ފެނަކަ އުވާލައި އެ ކުންފުނިން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފެނަކައިން ކުރިން ޚިދުމަތް ދެމުން އައި ރަށްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުވެ ހުރި ރަށްތަކުގެ އޮޕަރޭޝަންތަކާ ވެސް ވީއެންމެ އަވަހަކަށް ހަވާލުވެ، މަސައްކަތްތައް ފުރިހަމަކުރުމަށެވެ.

މީގެ ކުރިން ހއ. އަތޮޅާއި، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގެ ޚިދުމަތްތަކާ ވެސް ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު