އާދިއްތަ, November 1
އިންޑިއާގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ ،ރަތަން ޓާޓާ އަވަހާރަވެއްޖެ

އިންޑިއާގެ މަޝްހޫރު ކުންފުނި، ޓާޓާ ސަންސްގެ ކުރީގެ ޗެއާމަން ރަތަން ޓާޓާ އަވަހާރަވެއްޖެއެވެ.

86 އަހަރުގެ ރަތަން ޓާޓާ އަވަހާރަވީ ރޭގެ ވަގުތެއްގައި މުމްބާއީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ޓާޓާ ސަންސްގެ ޗެއާމަން ޗަންދުރަސޭކަރަން ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ ޓާޓާ އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ސްޓޭޓްމެންޓްގައި އޭނާ އަވަހާރަވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ރަތަންގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޓާޓާ އަކީ ދުރުވިސްނުންތެރި ލީޑަރެއްގެ އިތުރުން އޯގާތެރި އަދި އާދަޔާ ޚިލާފު އިންސާނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޓާޓާ ގުރޫފަކީ އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކާރާއި، ދަގަނޑު އުފައްދަމުންދާ ކުންފުންޏެވެ. ޓާޓާ ގުރޫޕުގެ ދަށުން 100 އާ ގާތްކުރާ އަދަދެއްގެ ކުންފުނިތައް ހިނގާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓާޓާ ގްރޫޕަށް މަސައްކަތް ކުރާ 350،000 އެއްހާ މީހުން އެބަ ތިއްބެވެ. 2008 ވަނަ އަހަރުގެ ޖޫން މަހު ޓާޓާ އިން ވަނީ އެމެރިކާގެ ނަން މަޝްހޫރު ފޯޑް ކުންފުނީގެ އަތުން ޖެގުއާ އާއި ލޭންޑް ރޯވާ 2.3 ބިލިއަން ޑޮލަރަށް ގަނެފައެވެ.

ޓާޓާގެ ދަށުން ހިނަގާ ކުންފުނިތަކުގެ ތެރޭގައި ޓާޓާ ސްޓީލް، ޓާޓާ މޮޓޯސް، ޓާޓާ ޕަވާ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޓާޓާ ކޮންސަލްޓެންސީ ސާވިސަސް ހިމެނެއެވެ.

ޓާޓާ ވަނީ އާކިޓެކްޗާގެ ދާއިރާއިން އެމެރިކާގެ ކޯނެލް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. 1961 ވަނަ އަހަރު ޓާޓާ ސަންސްގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތް ރަތަން ޓާޓާ  މަގާމުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު