ޔޫކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކިވްއަށް ރަޝިޔާއިން ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ، 30 އަށް ވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ.
ޚަރްކީވްގެ ގަވަރުނަރު އޮލެހް ސިނިހުބޯވް ވިދާޅުވި ގޮތުގައި ހަމަލާދީފައި ވަނީ ހަތަރު ގައިޑެޑް ބޮން ބޭނުންކޮށްގެންނެވެ. އަދި ހަމަލީ ދިނީ ރަޝިއާގެ ބޯޑަރު ސަރަހައްދުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއަކަށެވެ.
"ބޮމުގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާގައި ދެ މީހަކު މަރުވެ އިތުރު ތިން މީހަކު ޒަޚަމުވެފައިވޭ،" އަދި މީގެ ކުރިން ދިން ހަމަލާއެއްގައި 16 އަހަރުގެ ކުއްޖަކާއެކު 28 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ސިނިހުބޮވް ވިދާޅުވިއެވެ.
ހަމަލާތަކުގެ ސަބަބުން ޕްރޮޑަކްޝަން ފެސިލިޓީއަކަށް ވެސް ގެއްލުން ލިބފައިވެއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންއަށް ފުލް ސްކޭލުގައި ހަމަލާދޭން ފެށި ފަހުން ޚަރްކީވް އަށް އެކިފަހަރު މަތިން ގިނަ ހަމަލާތަކެއް އަމާޒުވެފައިވެއެވެ.
މިދިޔަ ހަފުތާގައި ވެސް ރަޝިއާއިން އެ ސިޓީއަށް ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން ވަނީ ޒަޚަމުވެފައެވެ.
މި ލިޔުން ކިޔާލުމުން