އާދިއްތަ, November 1
ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓު ކައިރީގައި އެއްޗެއް ގޮއްވައިގެން އެކަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ

ޕާކިސްތާނުގެ ކަރާޗީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި އެއްޗެއް ގޮވައި އެކަކު މަރުވެ 10 މީހުން ޒަހަމްވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރެ ހިނގި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޭރު މީހަކު ހިމެނޭއިރު ގޮވައިގެން ދިޔައީ ކޯއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯން ނިއުސް އިން ބުނި ގޮތުގައި ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާލައިންތަކުގެ ޝެޑިއުލްތަކަށް މި ހާދިސާގެ ސަބަބުން އަސަރެއް ކޮށްފައެއް ނުވެއެވެ.

ސިންދް ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޒިޔާއުލް ހަސަން ލަންޖާރު ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ގޮވި ކަމަށް ބެލެވެނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (IED) އެކެވެ.

ނަމަވެސް މީގެ ކުރިން ހޯމް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާ ހިނގީ ތެޔޮ ޓޭންކަރެއް ގޮވުމުގެ ސަބަބުން ކަމަށެވެ.

ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މި ހާދިސާގެ ޒިންމާ ނަގާފައިވާއިރު، އެ ޖަމާއަތުން ނޫސްވެރިންނަށް އީމެއިލްކޮށް ދިން ބަޔާނެއްގައި   ބުނެފައިވަނީ ބޮން ގޮއްވާލީ ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ދުއްވާފައި ދިޔަ ވެހިކަލަކުން އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ބޭނުންކޮށްގެން ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު ވެސް އެ ޖަމާއަތުން ދިން ހަމަލާއެއްގައި 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު