ކުވައިތަށް އަމާޒުކޮށް އެއްވެސް ޑްރޯނެއް ފޮނުވާލާފައި ނުވާ ކަމަށާއި، ބުރާސްފަތި ދުވަހު ކުވައިތަށް ދިން ޑްރޯން ހަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް އީރާނުން ބުނެފިއެވެ.
ކުވައިތުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އެ ޤައުމުގެ ވައިގެ ސަރަހައްދަށް ވަން އީރާނުގެ ޑްރޯން ދިފާއީ ނިޒާމުން ވައްޓާލުމުން، ޑްރޯންގެ ބައިތައް ވެއްޓި މީހުންނަށް އަނިޔާވި ކަމަށެވެ.
މި ހާދިސާގައި ވަނީ އިޓަލީގެ ދެ މީހަކު މަރުވެފައެވެ. އަދި ކުވައިތުގެ ރައްޔިތަކާއި ޕާކިސްތާނުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފައެވެ.
ކުވައިތަށް ދިން މި ހަމަލާ ސަރަހައްދުގެ ޤައުމުތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.






