މިއަދު 14:30 ގައި ފެށި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ މުއްދަތު، 21:00 ޖަހަންދެން އެ ޕާޓީން އިތުރުކޮށްފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 53,457 މީހަކަށް ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ވޯޓުލެވޭނީ 20 އޮކްޓޫބަރު 2026 ގެ 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީވެ، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއް ނެތި ޕާޓީގެ މެންބަރުކަމުގައި ދެމިތިބި މީހުންނަށެވެ.
މި އިންތިޚާބުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 359 މަޤާމަކަށް މެންބަރުން ހޮވާއިރު، ޕާޓީގެ އެހެނިހެން މަޤާމުތަކަށް 743 މެންބަރުން ހޮވާނެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ވޯޓުލާ ފޮށިތައް ބަހައްޓާފައިވެއެވެ.






