Wednesday, November 25
ތުރުކީވިލާތުގެ އެސްކިޝެހިރްގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 5 ސިފައިން މަރުވެއްޖެ

ތުރުކީވިލާތުގެ ވައިގެ ސިފައިންނަށް ނިސްބަތްވާ އަސްކަރީ ހެލިކޮޕްޓަރެއް އެސްކިޝެހިރް ޕްރޮވިންސްގައި ވެއްޓި، އޭގައި ދަތުރުކުރި 5 ސިފައިން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު ހަވީރު، ތަމްރީނު ދަތުރެއްގައި ހެލިކޮޕްޓަރު އެސްކިޝެހިރުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށެވެ.

ވެއްޓިފައިވަނީ ތުރުކީގެ ވައިގެ ސިފައިން ބޭނުންކުރާ އޭއެސް-532 "ކޫގަރ" މަރުކާގެ ހެލިކޮޕްޓަރެކެވެ.

މަރުވި ސިފައިންގެ ޢާއިލާތަކަށާއި ޤައުމުގެ ރައްޔިތުންނަށް ދިފާޢީ ވުޒާރާއިން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވާއިރު، ހާދިސާއާ ގުޅޭގޮތުން ތަޙުޤީޤުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު