Monday, November 23
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އައު އަހަރު އީރާނަށް އަލުން ހަމަލާދޭނެ: ޓްރަމްޕް

ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އައު އަހަރާއެކު އީރާނާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އާދީއްތަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޑިޕްލޮމަސީ ކާމިޔާބު ނުވެއްޖެނަމަ ބާރުގެ ބޭނުންކުރުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ތެހެރާނާއެކު ނުސީދާ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭތީ ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އީރާނުގެ މަންދޫބުން އަބަދުވެސް ވާހަކަ ދައްކާ ނަމަވެސް، އެއީ ހުސް ބޭކާރު ވާހަކަތައް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން އަޅާފައިވާ ހުރަސްތައް ފަހަނައަޅައި ދާން މަސައްކަތްކުރާ ކޮންމެ އީރާނުގެ އުޅަނދަކަށް ހަމަލާދީ އަޑިއަށް ފައްތާލާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް މި އިންޒާރުތައް ދެއްވާފައިވަނީ ހޮރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ސީދާ ދުވަހެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.

ސަރަހައްދުގެ ހަމަނުޖެހުންތައް ހަނގުރާމައަކަށް ބަދަލުވީ މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު