ހއ. ކެލާއާއި ވަށަފަރުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މަޢުލޫމާތު ދިން ގޮތުގައި، މި ޖަނަރޭޓަރު ސެޓުތައް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ކެލާއާއި ވަށަފަރުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށް، ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ސްޓެލްކޯއިން ދަނީ ކުރިއަށް ގެންދަމުންނެވެ.






