Monday, November 23
އެމްޑީޕީގެ ވެރިކަމުގައި ފާސްކުރާ ބަޖެޓެއް ނޫނީ އެ ބޭފުޅުންނަކަށް ކަމަކުނުދޭ: އައިބީ

އިދިކޮޅު އެމްޑީޕީގެ ވެރިކަމެއްގައި ފާސްކުރާ ބަޖެޓެއް ނޫނީ އެ ޕާޓީގެ މެންބަރުންނަށް ކަމެއް ނުދާ ކަމަށާއި، ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވާއިރު އެ ބޭފުޅުން ދައްކަވަނީ ހަގީގަތާ ޚިލާފު، ރައްޔިތުންނަށް އޮޅޭ ފަދަ ވާހަކަތަކެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅުދައްކަވަމުން އައިބީ ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން ބަޖެޓަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް ބުނެ އަޑުގަދަކުރެއްވި ނަމަވެސް، ކޮމިޓީ މަރުޙަލާގައްޔާއި ވަކިން ބައްދަލުކުރައްވާ ވަގުތުތަކުގައި އެ ބޭފުޅުން ވެސް ބަޖެޓު ރަނގަޅު ކަމަށް ވިދާޅުވާ ކަމަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި އެ ފާސްކުރާ ބަޖެޓެއް ނޫނިއްޔާ އެ ބޭފުޅުންނަކަށް ކަމަކު ނުދޭ، ވޯޓެއްވެސް ނުދޭ. ހަމަ ކޮންމެ ފަހަރަކުވެސް މި ދައްކަވާ ވާހަކަފުޅުގައި މި ވަނީ ރައްޔިތުންނަށް އޮޅުވާލުން،" އައިބީ ވިދާޅުވިއެވެ.

އަދި ބަޖެޓު ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ބަޖެޓަށް ތާއީދުކުރައްވައި، އާންމުންނަށް އަޑުއިވޭ ގޮތަށް މުޅިން ތަފާތު ވާހަކަތައް ދައްކަވާ ކަމަށް އައިބީ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ފުރިހަމަކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވެ، އައިބީ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުކިޔުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު