Friday, November 20
ލަންކާގެ ސްކޫލެއްގެ 36 ދަރިވަރަކަށް ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންގޮސްފި

ސްރީލަންކާގެ މަސްކެލިޔާގައި ހުންނަ ސްކޫލެއްގެ 36 ދަރިވަރަކަށް ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މަސްކެލިޔާގައި ހުންނަ ސެއިންޓް ޖޯސެފްސް ނޭޝަނަލް ކޮލެޖުގައެވެ. ރިޕޯޓްތަކުގައި ބުނާ ގޮތުގައި، މިއަދު ހެނދުނު 8:45 އެހާކަންހާއިރު އެ ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގެ 96 ދަރިވަރަކު ހެނދުނުގެ ނާސްތާ ނެގުމަށް ފަހު ކްލާސްރޫމްތަކުގައި ތިއްބައި، އޭގެ ތެރެއިން 36 ދަރިވަރެއްގެ ހާލު ކުއްލިއަކަށް ގޯސްވެ ނޭވާލާން އުނދަގޫވިއެވެ.

އެ ދަރިވަރުންނަށް ފަރުވާ ދިނުމަށް ވަގުތުން މަސްކެލިޔާ ޑިވިޝަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތަކުގައި ބުނާ ގޮތުގައި، ފަރުވާ ދިނުމަށް ފަހު އޭގެ ތެރެއިން 30 ދަރިވަރަކު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް ބާކީ ފަސް ދަރިވަރަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު