އާދިއްތަ, November 1
އިޒްރޭލުން ސިއްހީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ބައެއް ހޮސްޕިޓަލްތައް ބަންދުކޮށްފި

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ހަތަރު ހޮސްޕިޓަލެއްގެ ޚިދުމަތް މެދުކަނޑާލާކަން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.

އިޒްރޭލުން މިހާރު ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް ސިއްހީ ފަރުވާދޭ 37 މަރުކަޒެއް ބަންދުކޮށްފައިވާއިރު، ފާއިތުވި 24 ގަޑިއިރުތެރޭގައި 5 ޕެރެމެޑިކުން މަރުވެފައިވާކަމަށް ލުބުނާނުގެ ހެލްތް މިނިސްޓްރީއިން މައުލޫމަތު ދެއެވެ.

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލެއްގެ މުވައްޒަފުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ ޒަހަމްވި އާންމުންނަށް ފަރުވާދޭ ސިއްހީ މަރުކަޒުތަކަށް ސީދާ އަމާޒުކޮށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށެވެ.

ލުބްނާނުގެ ދެކުނުގައި ހުންނަ މަރްޖަޔޫން ސަރުކާރު ހޮސްޕިޓަލުން ބުނީ ހުކުރު ދުވަހު އެ ހޮސްޕިޓަލަށް ވަންނަން އައި ދެ އެމްބިއުލާންސަކަށް އިޒްރޭލުން ވައިގެ ހަމަލާއެއް ދީ، ހަތް ޕެރަމެޑިކް މީހުން މަރުވުމާ ގުޅިގެން ހުކުރު ދުވަހު ހޮސްޕިޓަލް ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ބުރާސްފަތި ދުވަހު ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ލުބުނާނުގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 28 މީހަކު މަރުވެފައިވާ ކަމަށާއި، ހަމަލާތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ އިތުރު ގިނަ މުވައްޒަފުންތަކެއް މިހާރު މަސައްކަތަށް ނުނިކުންނަ ކަމަށެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ފިރާސް އަބިއާދު ބުރާސްފަތި ދުވަހު ވިދާޅުވީ ހިޒްބުالله އާއި އިސްރާއީލުން މިދިޔަ އޮކްޓޫބަރުމަހު ހަނގުރާމަ ކުރަން ފެށި ފަހުން މިހާތަނަށް 97 ރެސްކިއު ވޯކަރުން މަރުވެފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު