އާދިއްތަ, November 1
ހިޒްބުاللهގެ އިސް ލީޑަރެއް ކަމަށް ބެލެވޭ ހާޝިމް ސަފީދީން ގެއްލިއްޖެ

ފާއިތުވެދިޔަ ހަފުތާގެ ހުކުރު ދުވަހު އިޒްރޭލުން ލުބުނާނުގެ ސަރަހައްދުތަކަށް ދިން ނުރައްކާތެރި ވައިގެ ހަމަލާތަކަށްފަހު ހާޝިމް ސަފިދީން ގެއްލިފައިވާކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަމަވެސް ހާޝިމް ސަފިދީން ގެއްލުނުކަން އެ ޖަމާއަތުން ރަސްމީކޮށް އަދި އަންގާފައެއް ނުވެއެވެ.

ހިޒްބުﷲ ޖަމާއަތުގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަން އަކަށް މިހާރު ހުންނެވި ސަފީދީންއަކީ އެ ޖަމާއަތުގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އިޒްރޭލުން ހިޒްބުﷲ ޖަމާއަތުގެ ކުރީގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އެ މަގާމަށް ސަފީދީން އައްޔަންކުރާނެ ކަމަށް ބެލެވެއެ.

ހުކުރު ދުވަހު އިޒްރޭލުން ހިޒްބުﷲ ޖަމާއަތުގެ ހެޑްކުއާޓަރަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާއިރު، ހަމަލާތައް އަމާޒުވި ވަގުތުގައި ސަފިދީން ވެސް ހުންނެވީ އެތަނުގައި ކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު މައުލޫމާތު ދެއެވެ.

މިދިޔަ ހަފުތާގައި އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުގައި "ލިމިޓެޑް ގްރައުންޑް އޮޕަރޭޝަނެއް" ފަށައި، އެ ސަރަހައްދާއި ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށްދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައެވެ.

ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އިޒްރޭލުން އެ ގައުމަށް ދެމުންދާ ވަރުގަދަ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު