އާދިއްތަ, November 15
ހަމާސްގެ ރަފަހް ބްރިގޭޑުގެ ކޮމާންޑަރު ސަމީރު އަބޫ ޔޫނިސް ޝަހީދުކޮށްލައިފި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ރަފަހް ބްރިގޭޑުގެ ކޮމާންޑަރު ސަމީރު އަބޫ ޔޫނިސް ޝަހީދުކޮށްލައިފިއެވެ.

ސަމީރު އަބޫ ޔޫނިސް ޝަހީދުވެފައިވާކަން ހަމާސް ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއާއި ޝިން ބެޓް ސެކިއުރިޓީ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯން ހަމަލާއެއްގައި ހަމާސްގެ އިސް އަސްކަރީ ކޮމާންޑަރަކަށް އަމާޒުކޮށްފައިވާ ކަމަށެވެ.

ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް ދިން މި ހަމަލާގައި އިތުރު ދެ މީހަކު ވަނީ ޒަހަމްވެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ 16 މީހުން ޝަހީދުކޮށްލައި 68 މީހުން ޒަހަމްކޮށްލާފައެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު 11 ން ފެށިގެން އަމަލުކުރަން ފެށި ފަހުން، އިސްރާއީލުން ވަނީ ފަލަސްތީނުގެ 1،643 މީހުން ޝަހީދުކޮށް، 5،964 މީހުން ޒަހަމްކޮށްފައެވެ. އަދި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މަދުވެގެން 850 މީހުންގެ ހަށިގަނޑު ފެނިފައިވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ފެށި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 74،695 މީހުން ޝަހީދުވެ، 176،093 މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު