ރޭޕްކުރިކަމުގެ ކުށް ސާބިތުވި މީހަކު 15 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ލ. މާބައިދޫ، ކަޑުރޯޅި، އިސްމާއިލް ޖުމާންގެ މައްޗަށެވެ.
މީހަކު ރޭޕްކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ ކުށްވެރިވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ކްރިމިނަލް ކޯޓުން އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.






