Saturday, November 14
އެމެރިކާގެ 17 ވަނަ ޑްރޯން އީރާނުން ވައްޓާލައިފި

ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އުދުހެމުން ދިޔަ އެމެރިކާ އަސްކަރިއްޔާގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވަނީ، ވައްޓާލާފައިވަނީ އެމްކިއު-1 މަރުކާގެ އަސްކަރީ ޑްރޯނެއް ކަމަށާއި، އެ ޑްރޯނަށް ހަމަލާދިނީ ޤެޝްމް ޖަޒީރާ ކައިރިން އުދުހެމުން ދަނިކޮށް ކަމަށެވެ. ޑްރޯން ވައްޓާލީ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ކަމަށް ވެސް އައިއާރްޖީސީއިން ބުނެފައިވެއެވެ.

ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މިއީ އީރާނުން ވައްޓާލި 17 ވަނަ އެމެރިކާ ޑްރޯން ކަމަށް ވެސް ބުނެވެއެވެ.

ހުކުރު ދުވަހު ވެސް ހުރުމުޒްގާން ޕްރޮވިންސްގެ ސިރީކްގެ އައްސޭރިފަށުގައި އުދުހެމުން ދިޔަ އެމެރިކާގެ އެމްކިއު-1 ޑްރޯނެއް ވައްޓާލި ކަމަށް އީރާނުގެ ސިފައިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު