Saturday, November 14
ބޫޓާން ބަލިކޮށް، ޖެހިޖެހިގެން 10 ވަނަ ފަހަރަށް އިންޑިއާ ސާފް ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާއިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ދެވަނަ ލަނޑު ޖެހުނީ ކޯނަރަކުން އައި ބޯޅައަކުންނެވެ.

ދެވަނަ ހާފު ފެށިތާ މިނެޓްތަކެއްގެ ތެރޭގައި ބޫޓާނުން ލަނޑެއް ޖެހި ނަމަވެސް، އެއީ ރަނގަޅު ލަނޑެއްތޯ ބެލުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދާފައެވެ. އެގޮތުން ވީއޭއާރް ބެލުމަށްފަހު އެ ލަނޑު ރަނގަޅު ލަނޑެއްކަމަށް ނިންމިއެވެ. މިއީ ސާފްގެ ތާރީޚުގައި ވީއޭއާރް ބޭނުންކުރި ފުރަތަމަ ފަހަރެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޤައުމަކީ ވެސް އިންޑިއާއެވެ. އިންޑިއާއިން މި މުބާރާތް ވަނީ 9 ފަހަރު ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު