ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށްވާ މައިކްރޯސޮފްޓްގެ "މައިކްރޯސޮފްޓް 365" ގެ ކްލައުޑް ޚިދުމަތްތަކަށް ބޮޑު މައްސަލައެއް ދިމާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ބުރޫއަރައިފިއެވެ.
މި މައްސަލައިގެ ސަބަބުން އިންޑިއާގެ އިންޑިގޯ އެއާލައިން ހިމެނޭހެން ބައެއް އެއާލައިންތަކުގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ.
އަދި އައުޓްލުކް އީމެއިލް، ޓީމްސް އަދި ކޯޕައިލެޓް ފަދަ ޚިދުމަތްތަކަށްވެސް ވަނީ ހުރަސް އެޅިފައެވެ.
މައިކްރޯސޮފްޓްގެ ކްލައުޑް ޚިދުމަތްތައް އާދައިގެ ހާލަތަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.






