Friday, November 13
ސެޕްޓެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ އަސްކަރީ ވަސީލަތަކަށް އީރާނުން ހަމަލާދީފި

ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށް ފަހު ފުރަތަމަ ފަހަރަށް، ބަހްރެއިންގައި ހުރި އެމެރިކާގެ ސިފައިންގެ ދުރާލާ އިންޒާރުދޭ ރާޑަރަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ބުނެފިއެވެ.

އީރާނުން ބުނާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އީރާނުގެ ދެކުނުގައި، ސިރީކްގައި ހުރި މުވާސަލާތީ ޓަވަރަކަށް އެމެރިކާގެ ސިފައިން ދިން ވައިގެ ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ނަމަވެސް، މި ހަމަލާއާއި ހަމަލާގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާއިން ނުވަތަ ބަހްރެއިން ސަރުކާރުން އަދި ވަކި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ގަލްފުގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އީރާނުން ވަނީ ހަމަލާތައް ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު