Friday, November 13
ކުދި ވިޔަފާރިތަކަށް ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ: ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސާ ބައްދަލުކުރި މީހަކު، ވިޔަފާރިތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ފައިސާ ހޯދުމާއި ބައިނަލްއަޤްވާމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ހުރި ދަތިތައް ހިމެނޭކަން ފާހަގަކުރުމުންނެވެ.

އެ މީހާ ފާހަގަކުރީ، ޕޭޕަލްގެ ޚިދުމަތް މިހާތަނަށް ވިޔަފާރިތަކަށް ފުރިހަމައަށް ބޭނުންކުރެވޭ ގޮތަކަށް ނުވާ ކަމަށެވެ. އަދި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކޭޝްފްލޯ މެނޭޖުކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމާއި، ޓެކްސްއާ ގުޅޭ ދަތިތަކެއް ވެސް ހުރިކަން އޭނާ ފާހަގަކުރިއެވެ.

އެ ވާހަކަތައް އަޑުއައްސަވައި ރައީސް ވިދާޅުވީ، ފާހަގަކުރި ކަންކަމަކީ ވަރަށް މުހިންމު ކަންތައްތައް ކަމަށާއި، ފައިސާއާ ގުޅޭ ކަންކަން ސަރުކާރުން ފަސޭހަކޮށްދެވިއްޖެނަމަ ވިޔަފާރިތައް ވެސް ފަސޭހައިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ތި ވިދާޅުވި ހުރިހާ ކަމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެންނަން މަސައްކަތްކުރާނެ ކަންތައްތައް. އެއީ ޚާއްޞަކޮށް ޒުވާނުންނަށް އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. އެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފައިވަނީ މިދިޔަ ޖޫން 15 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު