Thursday, November 12
އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އިސްތިއުފާ ދެއްވައިފި

ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް، ކައިވެނިން ބޭރުން ބޭއްވި ސިއްރު ގުޅުންތަކުގެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހުއާންގް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެންވީޑިއާގެ ވަގުތީ ސީއީއޯގެ މަގާމަށް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ކޮލެޓް ކްރެސް ވަނީ އައްޔަންކޮށްފައެވެ. ހުއާންގް އިސްތިއުފާ ދެއްވިކަން ހާމަކޮށް ކުންފުނީގެ ބޯޑުން ނެރުނު ބަޔާނުގައި، އޭނާ ވަކިވެވަޑައިގަތް ސަބަބެއް ބުނެފައެއް ނުވެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުއާންގް ސިއްރު ގުޅުމެއް ބާއްވާފައިވަނީ ސިންގަޕޫރުގެ ޑޭޓާ ސެންޓަރު ކުންފުންޏެއް ކަމަށްވާ "މެގަސްޕީޑް"ގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންގްއާއެވެ. އެލިސް ހުއާންގްއަކީ ޗައިނާއަށް ޖާސޫސްކޮށްދޭ މީހެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، ހުއާންގްގެ ދަށުން މަސައްކަތްކުރާ، އެންވީޑިއާގެ ހެލްތުކެއާ ބައިގެ ވައިސް ޕްރެޒިޑެންޓް ކިމްބަލީ ޕަވެލްއާއެކުވެސް ހުއާންގް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ނިއުޔޯކް ޓައިމްސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަތައް ތަހުގީގުކުރުމަށް އެންވީޑިއާގެ ބޯޑުން މީގެ ކުރިން ވަނީ މަސައްކަތް ފަށާފައެވެ.

ހުއާންގްއަކީ އެންވީޑިއާ އުފެއްދި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ދުނިޔޭގެ އެންމެ އަގުހުރި ކުންފުނިތަކުގެ ތެރެއަށް އެންވީޑިއާ ގެނައުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު