Thursday, November 12
މަސްތުވާތަކެތި އެތެރެކުރި ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކޮށް ސްމަގްލްކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ނަޒްމުލް ޙައްޤު އެވެ. އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިއަދު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި ކޮންޓްރޯލް ޑެލިވަރީ ހިންގުމުގެ ހުއްދަ، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ކޯޓަށް ހުށަހަޅާފައިވެއެވެ.

ނަޒްމުލް ތުހުމަތުތަކަށް އިންކާރުކުރާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު