Thursday, November 12
ޗާލްސް ތޫފާނުގެ ސަބަބުން ޕޯޗުގަލްގެ 8،000 ސްކޫލް ބަންދުކޮށްފި

އެޓްލާންޓިކް ތޫފާން "ޗާލްސް" ޕޯޗުގަލްގެ މައިބިމަށް އެރުމާއެކު، އެ ޤައުމުގެ ގާތްގަނޑަކަށް 8،000 ސްކޫލް ބަންދުކޮށް، 300 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފިއެވެ.

ތޫފާނުގެ ސަބަބުން ޕޯޗުގަލްގެ ބައެއް ސަރަހައްދުތަކުގައި ގަޑިއަކު 120 ކިލޯމީޓަރަށްވުރެ ބާރުމިނުގައި ވައިގަދަވެފައިވާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ މަގުތަކެއްގައި ވަނީ ބޮޑެތި ފެންބޮޑުވުންތައް އުފެދިފައެވެ.

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ސްކޫލްތައް ބަންދުކުރުމަށް އަންގައި، ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައެވެ. އެ ޤައުމުގެ ހުރިހާ ސްކޫލެއް މިގޮތަށް ބަންދުކުރީ ފުރަތަމަ ފަހަރަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ނުރައްކާތެރި މޫސުމުގެ ސަބަބުން ޕޯޗުގަލްގައި ބޭއްވުމަށް ހަމަޖެހިފައިވި ބައިނަލްއަޤްވާމީ ބައެއް ހަރަކާތްތަކަށްވެސް ހުރަސް އެޅިފައިވާއިރު، ލިސްބަންގައި ބާއްވަމުންދިޔަ ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ކޮންފަރެންސެއްގެ ހަރަކާތްތައްވެސް ވަނީ ހުއްޓާލާފައެވެ.

ތޫފާން "ޗާލްސް" އެންމެ ފުރަތަމަ ޕޯޗުގަލްގެ މަޑޭރާއަށް އެރީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭރު އެ ސަރަހައްދުގައި ވަނީ ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު