މާލެއިން ގެއްލިގެން ހޯދަމުންދާ ހއ. ދިއްދޫ، ޢާލިޔާ، އާދަމް އިކްރާމް (32އ) ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އެދިއްޖެއެވެ.
ފުލުހުން ބުނީ، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރު ކަމަށެވެ.
އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.






